ދިރާގުން, ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 މޮބައިލް ފޯނުތަކަށް ޕްރީ އޯޑަރު ކުރަން ހުޅުވާލައިފިއެވެ.

ސެމްސަންގްގެ މި ދެ ފޯނަކީ، ދިރާގު 5ޖީ ނެޓްވޯކަށް ސަޕޯޓްކުރާ އީ-ސިމް ބޭނުންކުރެވޭ ދެ ފޯނެވެ.

ދިރާގުން ބުނީ އެ ކުންފުނިން ފޯނު ޕްރީ އޯޑަރުކުރާ ކަސްޓަމަރުންނަށް ކޮންމެ ފޯނަކާ އެކު ހިލޭ ގެލެކްސީ ވޮޗް6 ކްލަސިކްއެއް ލިބޭނެ ކަމަށެވެ. އަދި ޕްރީ އޯޑަރުކޮށްގެން ފޯނު ގަންނަ ދިރާގު ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ. އޭގެ އިތުރުން ބޯނަސް ޑޭޓާގެ ގޮތުގައި ކަސްޓަމަރަށް މަހަކު 10 ޖީބީ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 މޮބައިލް ފޯނު--

ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ޒެޑް ފްލިޕް5 ގެ ބައެއް ފީޗާސް:

  • ތަފާތު ފޯލްޑަބަލް ޑިޒައިނެއް ހިމެނޭ
  • ސްމާޓް ފޯނާއި ޓެބްލެޓް މޯޑާ ދެމެދު ފަސޭހަކަމާ އެކު ބަދަލުކޮށްލެވޭ.
  • އެންމެ ފަހުގެ ޒަމާނީ ޕްރޮސެސަރާއި ބޮޑު ރެމްއެއް ހިމެނޭ.
  • ގޭމިން، ސްޓްރީމިން އަދި މަލްޓި-ޓާސްކުކޮށް އެކި މަސައްކަތްތައް ފަސޭހައިން ކުރެވޭ.

ދިރާގުވެބްސައިޓުމެދުވެރިކޮށް މިހާރު ފޯނަށް ޕްރީ އޯޑަރު ދެވޭނެއެވެ.