06 May 2012, 08:13
ފަންސަވީސް މީހުންނާ އެކު ތ. އަތޮޅު ތިމަރަފުއްޓަށް ދަތުރުކުރަނިކޮށް ރޭ ފަތިހު ފަރަށް އެރި ބޯޓު އަމިއްލަ އަށް ފުންކޮށްގެން ދަތުރު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ތިމަރަފުއްޓަށް ދަތުރުކަރަނިކޮށް ވ. އަތޮޅު ފެލިދޫ އިރުމަތީ ކަނޑުއޮޅި ފަރަށް އެރި ރިޝްވާ6 ބޯޓު، އެ ބޯޓުގެ ވެރިފަރާތުން އަމިއްލަށް މިއަދު ހެނދުނު 9:00 އެހާކަން ހާއިރު ފުންކޮށްގެން ދަތުރު ކުރަމުން ދާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ފަރަށް އެރި ބޯޓަށް ވެސް އަދި އެ ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ.