01 Aug 2023, 22:18
ކަސްޓަމަރުންނަށް 'ލިމިޓްލެސް' ޑޭޓާ އެލޮވަންސް ލިބޭ މުޅިން އާ އަންލިމިޓެޑް ފައިބަ ބްރޯޑްބޭންޑް ބޫސްޓާއެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.
ދިރާގުން ބުނީ މި އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް މި ބޫސްޓާ އެކްޓިވޭޓް ކޮށްލައިގެން އެ ފަރާތްތަކުގެ ހުރިހާ ޑޭޓާ ބޭނުންތައް ފުއްދާލެވޭނެ ކަމަށެވެ. އަދި ކޮންމެ ދިރާގު ފައިބާ ބްރޯޑްބޭންޑް ފެކޭޛެއްގެ ކަސްޓަމަރުންނަށް ވެސް މި ބޫސްޓާ ނެގޭނެ ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ސްޓްރީމިން، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް އައު ލިމިޓަޑް ޓައިމް އޮފާއެއްވެސް އެ ކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ. މި އެޑް އޮންއާއެކު ކަސްޓަމަރުންނަށް އެންމެ 601 ރުފިޔާއަށް 30 ދުވަހަށް 125ޖީބީ ލިބޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.