01 Aug 2023, 21:53
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
މީރުމާގައި މި ކަމަށްޓަކައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެ އޮފާތައް ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީއާއި، ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރުއެވެ.
އެ ކޮންފަރެންސްގައި ވަނީ އެ ކުންފުނީގެ ސްޓްރެޓެޖިކް އަޕްޑޭޓްތައް ހިއްސާކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ޚާއްސަ އޮފާތަކެއް ތައާރަފު ކޮށްފައެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ، އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުސަތުތަކާ ގުޅުވާލަދީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
ދިވެހިންގެ ޚިދުމަތުގައި ކާމިޔާބު 18 އަހަރުގެ މި ދަތުރަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުބާރާއި ލޯތްބާ އެކު ކުރި ދަތުރެއް. މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން.ޚާލިދު އަލް ހަމާދީ

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސް -- ފޮޓޯ/ އުރީދޫ
އުރީދޫއިން މުޅިން އަލަށް ތައާރަފްކުރި އޮފާތަކުގެ ތެރޭގައި:
ތްރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަނެޓް ޕްލޭން
- މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓް ގެ ޚިދުމަތް ލިބޭއިރު މި ޕްލޭނަށް މަހަކު ދައްކަން ޖެހެނީ އެންމެ 599 ރުފިޔާއެވެ. މި އާ ޕްލޭން ފަރުމާކޮށްފައި ވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒިކޮށް، ސްޓްރީމްކޮށް އަދި ގޭމުކުޅޭ ފަރާތްތަކަށްވެސް އެކަށޭނެހެންނެވެ. މި ޕްލޭންލިންކުންއެކްޓިވޭޓް ކޮށްލެވޭނެއެވެ.- އެއް ފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް- އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ 3 މަހަށް، 6 މަހާއި 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދެއްކުމަށް ޚިޔާރުކުރާ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި އިންޓަނެޓް ގެ ޙިދުމަތް ލިބުމުގެ އިތުރުން ބިލުން ބޮޑު ޑިސްކައުންޓެއް ވެސް ލިބިގެންދެއެވެ. އެގޮތުން ލިބޭ ޑިސްކައުންޓަށް ބަލާއިރު 3 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %5 ޑިސްކައުންޓް، 6 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %10 ޑިސްކައުންޓް، 12 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %15 ޑިސްކައުންޓް އަދި 24 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %20 ޑިސްކައުންޓްއެވެ. މި ޕޭމަންޓް ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާއާ އެކު އިންޓަނެޓް ގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް މިލިންކުންބަލާލެވޭނެއެވެ.
- މުޅި މަހަށް 1ޓީބީ ޑޭޓާ، 100އެމްބީޕީއެސް ސްޕީޑާއެކު 5ޖީ އެއަރފައިބަރ ގެ އައު ޕްލޭނެއް -5ޖީ އެއާފައިބާ މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކި ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދެއެވެ. އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެ އެވެ. މި ޕްލޭން މިލިންކުންއެކްޓިވޭޓް ކޮށްލެވޭނެއެވެ.
- އުރީދޫ ނޭޝަން ގޭމްސް ކްލަބް -ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމަޢު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫ ނޭޝަން އުރީދޫ ނޭޝަން ކްލަބްގައި، ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާއެކު 100 އަށްވުރެ ގިނަ ގޭމުތައްމި ޕްލެޓްފޯމުގައި ހިމެނެއެވެ. ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭ އިރު ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތްލީ މި ޕްލޭންތައް ނެގޭނެއެވެ. އެގޮތުން ޑެއިލީ ސަބްސްކްރިޕްޝަނަށް 24 ގަޑިއިރަށް 2 ރުފިޔާ، ވީކްލީ ސަބްސްކްރިޕްޝަނަށް 7 ދުވަހަށް 10 ރުފިޔާ، މަންތްލީ ސަބްސްކްރިޕްޝަނަށް 30 ދުވަހަށް 20 ރުފިޔާ ހިމެނެއެވެ. ސަބްސްކްރައިބް ކުރުމަށް މިލިންކްބޭނުންކޮށްލެވޭނެއެވެ.