ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރާއި، 24 އަހަރު އަދި 30 އަހަރުގެ ފިރިހެނުން ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަ ކުރީ މިމަހުގެ 29ވަނަ ދުވަހުއެވެ.

މިމަހުގެ 18ވަނަ ދުވަހު، ތ. ތިމަރަފުށީގައި ބިދޭސީ ނަރުހެއް ރޭޕް ކުރަން އުޅުނު މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށާފައެވެ.