15:00


ރާއްޖެ އާއި އިންޑިޔާގެ ކޯސްޓްގާޑު ގުޅިގެން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ކަނޑުމަގުންނާއި ވައިގެ މަގުން ޕެޓްރޯލްކުރަމުން އެބަދެ އެވެ.


އެމްއެންޑީއެފުން ބުނީ އެ ޕެޓްރޯލްތަކުގައި އިންޑިޔާ ކަނޑުގެ ސިފައިން އެ ކަމަށް ޚާއްސަ މަތިންދާބޯޓަކާއި އެމްއެންޑީއެފް އޭރިޔާތަކުގައި ހަރަކާތްތެރިވަމުންދާ ކޯސްޓްގާޑް އުޅަނދުފަހަރު ބައިވެރިވާ ކަމަށެވެ.


މި ޕެޓްރޯލްތަކުގައި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ޚިލާފް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި އެފަދަ ކަމެއް ހިނގާނަމަ އެކަމަކަށް ފިޔާވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.