ހަމުގެ ރައްކާތެރި ކަމަކީ ކޮންމެ އުމުރެއްގައިވެސް ވަރަށް މުހިއްމު ކަމެކެވެ. މޫނުގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންވީމާ އެއަށް އަޅާލަން ޖެހޭ މިންވަރު ވެސް ބޮޑުވާނެއެވެ. ވީމާ ޒުވާން އުމުރުން ފެށިގެން ވީހާ ވެސް އަވަހަކަށް ހަމުގެ ރައްކާތެރި ކަމަށް ރޫޓީން އެއް ފަށަން ވަރަށް މުހިއްމެވެ.

ސްކިން ކެއާ އޭ ބުނުމުން ބައެއް ފަހަރަށް މިއީ ވަރަށް ބޮޑު ކަމެކޭ ވެސް ހީވެދާނެއެވެ. ނަމަވެސް ކުދި އާދަތަކަކަށް ހޭނުމުން މިއީ އާންމުކޮށް ކުރަން ވަރަށް ފަސޭހަ ކަމަކަށް ވާނެއެވެ.

ބައެއް މީހުންނަށް ހީވެފައިވާ ގޮތުގައި ސްކިން ކެއާ އަކީ ވަކި ޖިންސަކަށް ހާއްސަވާ ކަމެކެވެ. ނަމަވެސް ހުރިހާ އެންމެންގެ ހަމަކީވެސް ރައްކާތެރިކުރަން ޖެހޭ އެއްޗަކަށް ވާއިރު މިކަމަށް ވަކި ޖިންސެއް ބެލުމެއް ނެތެވެ. މޫނުގެ ހަންގަނޑަކީ އާންމު ގޮތެއްގައި އެންމެ ބޮޑަށް ހާމައަށް ހުންނަ ބައެވެ. އެހެންވީމާ މިކަމަށް ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކުރުން ރަނގަޅު ކަމަކަށް ވާނެ ނޫންހެއްޔެވެ؟

ހަމުގެ ރައްކާތެރިކަމަށް މީގެ ކުރިން މަސައްކަތް ކޮށްފައި ނުވާ ނަމަ މުޅިން އަލަށް ފަށައިގަންނަ އިރު ކުޑަކޮށް އުނދަގުވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމާ ގުޅޭ އެންމެ އެކަށީގެންވާ ޕްރޮޑަކްޓްތަކާއި ނުގުޅޭ ޕްރޮޑަކްޓްތައް ހޯދުމަށް ފަށައިގަންނަ އިރު ކުޑަކޮށް އުނދަގޫ ވެދާނެއެވެ. ނަމަވެސް ބައެއް ކަންތައް ހަނދާން ކޮށްލުމުން ރަނގަޅުވާނެއެވެ.

ސްކިން ކެއާ ރޫޓީންއެއް ފެށުމުގެ ކުރިން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ތިމާގެ މޫނުމަތީ ހަމަކީ ކޮން ވައްތަރެއްގެ ހަންގަނޑެއްތޯ ބެލުމެވެ. އާންމު ގޮތެއްގައި ހިމެނޭނީ ހަތަރު ވައްތަރެއްގެ ހަމެވެ. އޭގެ ތެރޭގައި ވަރަށް ބޮޑަށް ހިކިފައި އަދި ފުސްކޮށް ހުންނަ ހަންގަނޑާއި ތެޔޮ ވެފައި ހުންނަ ހަންގަނޑު ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނޭނީ ކޮމްބިނޭޝަން ހަންގަނޑެވެ. މިއީ މޫނުގެ ބައެއް ހިސާބު ތެޔޮ ވެފައި އަނެއް ބައި ހިސާބުތައް ވަރަށް ބޮޑަށް ހިކިކޮށް ހުންނަ ހަންގަނޑެވެ. ދެން ހިމެނެނީ ސެންސިޓިވް ނުވަތަ ނާޒުކު ހަންގަނޑެވެ.

އެހެންވީމާ އެންމެ އެކަށީގެންވާ ހަންގަނޑެއް ދެނެގަތުމަށް ފުރަތަމަ ކުއިޒް އެއް ނަގާލުން ރަނގަޅުވާނެއެވެ.

https://skintypesolutions.com/questionnaire

https://www.tiktok.com/@izzychen/video/7170444388072557866?q=skin%20care%20routine%20order&t=1690731942555

އެއަށްފަހު ދެން ސްކިން ކެއާ ރޫޓީން އެއް ފަށަންވީއެވެ. މި ރޫޓީންތައް ފަރުމާ ކުރާނީ ކުއިޒުން ފާހަގަކުރެވުނު ހަމުގެ ވައްތަރަށް ބަލައިގެންނެވެ. ނަމަވެސް ފުރަތަމަ ކިޔައިދޭން މިއުޅެނީ ހަމުގެ ރައްކާތެރިކަމަށް ރޫޓީން ތައްޔާރުކުރާއިރު އެ ގެންދަން ޖެހޭނެ ތަރުތީބެވެ. އެގޮތުން:

  1. ކްލެންޒިން

ސްކިން ކެއާ ރޫޓީންގެ އެންމެ ފުރަތަމަ ކަމަކީ މޫނުމަތި ކްލެންޒް ކުރުމެވެ. މިއީ މޫނު ދޮންނާނެ ގޮތެވެ. އާންމުކޮށް ކްލެންޒް ކުރާއިރު އެއް ފަހަރު ކްލެންޒާއެއް ބޭނުންކުރުމުން ފުދޭނެއެވެ. ނަމަވެސް މޫނުގައި ތެޔޮ ހުންނަ ނަމަ ދެ ފަހަރު ކްލެންޒް ކުރަން ޖެހިދާނެއެވެ. އެއީ 'އޮއިލް ކްލެންޒް' އަކާއި އިތުރު ޖެލް ނުވަތަ ފޯމް ކްލެންޒް އެކެވެ. ނަމަވެސް ދެ ފަހަރަށް ކްލެންޒް ކުރާނީ ރޭގަނޑެވެ.

  1. ޓޯނާ

މޫނުގައި ހުންނަ ތެޔޮ ސާފުކޮށް މޫނުގައި ހުންނަ އެހެން ޖަރާސީމުތައް ދޮވެލުމަށްފަހު ދެން އެންމެ ރަނގަޅުވާނީ ޓޯން ކުރުމެވެ. ޓޯން ކުރުމަކީ މީހާގެ ހަންގަނޑަށް އަލުން ހައިޑްރޭޝަން ގެނެސްދޭ ކަމެކެވެ. ޓޯނާ ބޭނުން ކުރުމުން ހަންގަޑު ކުރަކި ވުމާއި އެ ނޫންވެސް ކަންތަކުން ދުރުކޮށްދޭނެއެވެ.

  1. ސީރަމް އަދި އެސެންސް

މިއީ ހަމުގައި ހުންނަ އެކި ކަހަލަ މައްސަލަތަކަށް ޓާގެޓްކޮށް ޕްރޮޑަކްޓްތައް ބޭނުންކުރުމެވެ. އެގޮތުން މޫނުމަތީގައި ހުންނަ ބިހިތަކާއި މޫނުގައި ހުންނަ އެކި ޕޯތައް ސާފުކޮށް، ކުޑަ ކުރުމުގެ މަސައްކަތަށް ހާއްސަ ޕްރޮޑަކްޓްތައް މި ފިޔަވަޅަށް ރަނގަޅުވާނެއެވެ.

  1. މޮއިސްޗަރައިޒިން

މިއީ ކުރީން ބޭނުންކޮށްފައިވާ ހުރިހާ ޕްރޮޑަކްޓްތަކެއް މޫނުމަތީގައި 'ލޮކް' ކޮށްލައި ހަމުގެ ތެރެއަށް ވައްދައިދިނުމަށް އެހީތެރިވާ ޕްރޮޑަކްޓުތައް ބޭނުންކުރާ ފިޔަވަޅެވެ. މި ފިޔަވަޅާއެކު ހަމަށް ދިރުން ގެނެސްދީ ކުރިން ބޭނުންކުރި ޕްރޮޑަކްޓުތައް އަވަހަށް އެކްޓިވޭޓްވެ ހަމުން ބޭރު ނުވެ ހުރުމަށް އެހީތެރިވާނެއެވެ.

  1. ސަންސްކްރީން

މިއީ އެންމެ ފަހު ފިޔަވަޅެވެ. ހެނދުނާއި ރޭގަނޑު ސްކިން ކެއާ ރޫޓީންއެއް ގެންގުޅުން މުހިއްމު ވާއިރު ސަންސްކްރީން ބޭނުން ކުރާނީ ހަމައެކަނި ދުވާލު ގަޑީގައެވެ. ހުރިހާ ޕްރޮޑަކްޓެއް ބޭނުންކުރުމަށްފަހު އެންމެ ފަހުން ބޭނުންކުރާނީ ސަންސްކްރީންއެވެ. މި ޕްރޮޑަކްޓަކީ މުޅި ދުވަހު ވެސް ވަކިން ބޭނުން ކުރުމަށް ރަނގަޅު އެއްޗެކެވެ.