05 May 2012, 20:48
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި އެވެ.
އަލަށް އެކުލަވައިލެއްވެވި ބޯޑުގެ ޗެއާމަން ކަމަށް ހަމަޖައްސަވާފައިވަނީ، މއ. ހަވާނާ، މުޙަންމަދު ފާއިޒެވެ. މެނެޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ގުލްބަކާގޭ، މުޙަންމަދު މުއްޠަލިބެވެ.
ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނ. ހޮޅުދޫ ކުންނާރުގަސްދޮށުގޭ މުޙަންމަދު އައިމަނާއި، ގއ. ދެއްވަދޫ އޯކިޑްވާދީ، އަޙްމަދު އަސްލަމާއި، ގ. ގަސްކަރަ، އުސާމާ މުޙަންމަދު ރަޝީދާއި، ދަފްތަރު ނަންބަރު 6233 އަޙްމަދު ޝަރީފާއި އަދި މައްޗަންގޮޅީ މާވަރު، ޙަސަން މުޙަންމަދެވެ.