Last Updated:
1 decade 4 year ago

ކުރެންދޫން ގެއްލުނު ފަސް މީހުން ވެސް ފެނިއްޖެ

    ބުލޮގު ޚުލާސާ
    ޅ. ކުރެންދޫއިން ފާނައިގެ މަސްވެރިކަން ކުރަން ނުކުތް ދޯންޏަކުން ފަސް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

    ފުލުހުން ބުނީ ފާނަ ނަގަން ފަސް މީހުންނާއެކު ނުކުތް ދޯނިން ފަސް މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށާއި އެ މަސައްކަތުގައި ފުލުހުންނާއި ކޯސްޓްގާޑު ވެސް ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މީގެ އިތުރުން ގެއްލުނު މީހުން ހޯދުމުގައި ކުރެންދޫގެ ދޯނި ފަހަރުގެ އިތުރުން ނައިފަރު ދޯންޏެއް ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.

    ފާނައަށް ގޮސް އުޅެނިކޮށް ގެއްލުނީ ކުރެންދޫ ކާނޭޝަން މާގޭ، މުހައްމަދު އިބުރާހިމާއި އޭނާގެ ކޮއްކޮ ހަމަ އެގޭ އަހުމަދު އަފުރާހާއި ރަންކޮކާގޭ އަބްދުﷲ އިދުރީހާއި ފ. ފީއަލީ މީހެއް ކަމަށްވާ އަހުމީލެވެ. ހާދިސާ ހިނގި އިރު ދޯނީގައި އިނީ މޫސާ މުހައްމަދެވެ. އޭނާގެ ހާލު ރަނގަޅެވެ. އޭނާ އިނީ އަދިވެސް ދޯނީގަ އެވެ.

    ކުރެންދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ، އަތޮޅު ތެރޭގައި ފާނައިގެ މަސްވެރިކަން ކުރަން މިއަދު ހަވީރު 5:00 ޖަހާއެހާކަންހާއިރު ނުކްތް ދޯނީގައި ހަ މީހުން ތިބި ކަމަށެވެ. އަދި ވިދާޅުވީ ފާނަ ނަގަން މޫދަށް ފޭބި ފަސް މީހުން ގެއްލިގެން ހޯދަމުންދާއިރު އެމީހުން ގެއްލުނުކަން އެނގުނީ މޫދަށް ފޭބި ފަސް މީހުންގެ ހަބަރެއް ނުވުމުން ދޯނިގައި އިން މީހާ ރަށަށް ގުޅުމުން ކަމަށެވެ.

    "ފާނައަށް ދިޔައީ ހަ މީހުން. އެމީހުން ފާނަ ބޭނުމަށް މޫދަށް ފާބައިފައި ވަނީ މިއަދު ހަވީރު 5:00 ޖަހާއިރު. ގެއްލިގެން ހޯދަމުން ދަނީ ފަސް މީހުން،" ކައުންސިލަރު ވިދާޅުވި އެވެ.

    22:27

    ކުރެންދޫން ގެއްލިގެން ހޯދި މީހުންގެ ތެރެއިން ނުފެނިވާ އަފުރާހު ވެސް ދާދި ދެންމެއަކު ފެނިއްޖެ. އޭނާގެ ހާލު ވެސް ރަނގަޅު. އޭނާ ފެނުނީ ޅ. އަލިގަލާ ދިމާ ކަނޑުމަތިން.
    22:06

    ކައުންސިލުން ބުނީ ނުފެނިވާ އަހުމަދު އަފުރާހު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިޔަށްދާ ކަމަށާއި އެކަމުގައި ފުލުހުންނާއި ކޯސްޓް ގާޑާއި އިތުރު ހަ ދޯނި ހަރަކާތްތެރިވަމުން އަންނަ ކަމަށް.

    21:47

    ކުރެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ފެނުނު ހަތަރު މީހުންނަކީ މުހައްމަދު އިބްރާހިމް، ކާނޭޝަން މާގެ އާއި، ދެވަނަ ދުނި، އަހުމަދު މުހައްމަދާއި ރަންކޮކާގޭ އަބްދުﷲ އިދުރީހާއި ފ. ފީއަލީ މީހެއް ކަމަށްވާ އަހުލީމް ކަމަށް.
    21:35

    ފުލުހުން ބުނީ ކުރިން އެނގިފައި އޮތީ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ގެއްލުނު ކަމަށް. ފަހުން ބުނެފައި ވަނީ ހަމީހުން ދިޔަ ކަމަށާއި ފަސްމީހުން ގެއްލުނު ކަމަށް. އަދި ގެއްލުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ފެނިފައިވާ ކަމަށާއި ނުފެންނަނީ އަހުމަދު އަފުރާޙު ކަމަށް. އަދި ފެނުނު މީހުން ކުރެންދުއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް. ނުފެންނަ މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް.
    21:30

    ކުރެންދޫން ގެއްލުނު ފަސް މީހުންގެ ތެރެއިން ހަޔަރު މީހަކު ފެނިއްޖެ. އަނެއް މީހާ ހޯދަމުން ދަނީ. ފެނުނު މީހުންގެ ހާލު ރަނގަޅު. އެމީހުން ތިބީ ފަޅުރަށެއް ކަމަށް މަޑުއްވަރީގައި.
    21:08

    އިތުރު ބާސްކެޓެއް ވެސް ދެންމެ ވަނީ ފެނިފައި. ބަޔަކު މޫދު ތެރޭގައި ފަތާހެން ހީވެގެން އެ ސަރަހައްދުވެސް ބަލަން ފަށައިފި.
    20:53

    ކުރެންދޫން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ދާދި ދެންމެއަކު ވަނީ ފާނަ އަޅަން ބޭނުން ކުރާ ބާސްކެޓެއް ފެނިފައި. އޭގައި ފާނަ ވެސް ހުރި. އަދިވެސް ހޯދަމުން ދަނީ.