ކޭބަލްޓީވީގެ ހިދުމަތް ދޭ މީޑިޔާ ނެޓުން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ބިލު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީފި އެވެ.

މީޑިއާނެޓުން ބުނީ އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ވިސާ ޑެބިޓް ކާޑާއި އެމެރިކަން ޑެބިޓްކާޑު ބޭނުން ކޮށްގެން މިހާރު ކަސްޓަމަރުންނަށް ބިލުދެއްކޭނެ ކަމަށާއި ވެބްސައިޓް މެދުވެރިކޮށް މަހު ފީދެއްކުމުގެ އިތުރުން މިހާރު ޑީކޯޑަރު ވެސް ގެނެވޭނެ ކަމަށެވެ.

މި ހިދުމަތްތައް ދިނުމަށް މީޑިއާނެޓްގެ ވެބްސައިޓު، ބީއެމްއެލް ގެ ޕޭމަންޓް ގޭޓްވޭ އާއި ގުޅާލާފައިވާ ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލްއިން ބުނީ މި ހިދުމަތްދޭނީ ފަސޭހަ ގޮތެއްގައި މީޑިޔާ ނެޓްގެ ކަސްޓަމަރުންނަށް ބިލް ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށެވެ.