05 May 2012, 14:28
އޯކިޑްމަގު ހިލާލީގޭ ކުރިމަތީގައި ހުންނަ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިލާލީގޭ ކުރިމަތީގައި ހުންނަ މ. އެލިޔާބުޓިކް ގޭގެ ތިން ވަނަ ބުރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތެއް އެމްއެންޑީއެފަށް ލިބުމާ އެކު އެސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަލިފާން ރޯވެފައި ވަނީ އިމާރާތުގެ ތިން ވަނަ ބުރީގައި ހުރި ގިނަ އަދަދެއްގެ ކަރުދާސްތަކެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިލާލީގެ ކުރިމަތީގައި ހުންނަ މ. އެލިޔާބުޓިކްގައި ހިންގި އަލިފާނުގެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.