ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދުގައި ހެދި ޕާކް މިއަދު ހުޅުވައިފިއެވެ.

މި ޕާކް ހުޅުވުމަށް އާބަންކޯއިން މިއަދު ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މި ހަވީރުގައި އާބަންކޯގެ އިސް ވެރިންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ޕާކް ހުޅުވުން --

މި ޕާކް ހުޅުވުމަށް ބޭއްވި ކުޑަކުދިންގެ ހަރަކާތުގައި، ލަވައާއި އެކި ގޭމްތަކާއި ފޭސް ޕެއިންޓިން އާއި ލުއިކާނާގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.

މި ޕާކް ގާއިމްކޮށްފައި ވަނީ ހިޔާ ޓަވަރު އެޗް5 އިން އެޗް15އާ ހަމައަށް އޮންނަ ބިމުގައެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ޕާކް ހުޅުވުން --

ހިޔާ ޕާކު ތަރައްގީކޮށްފައި ވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިންނެވެ. އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ގައި، އެއް އަހަރު ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.