މި އަހަރުގެ މިނިވަން ދުވަހަށް ޚާއްސަކޮށް ދިރާގުން "މިނިވަން އުފާ"ގެ ނަމުގައި އެޑްއޮންއެއް ތައާރަފް ކޮށްފިއެވެ.

މިއީ އެއްދުވަހަށް ލިބޭ އަންލިމިޑެޓް ޑޭޓާ އެޑްއޮންއެކެވެ. މި އެޑްއޮން އެކްޓިވޭޓް ކުރެވޭނީ 99 ރުފިޔާ އަށް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ދިރާގުން ވަނީ ހޯމް ބްރޯޑްބޭންޑް އިންޓަނެޓު ބޫސްޓު ކުރުމަށް ޚާއްސަ ބޫސްޓާއެއް ވެސް ތައާރަފް ކޮށްފައެވެ. އޭގެތެރޭގައި 200 ޖީބީ 200 ރުފިޔާ އަށް ލިބޭ ފައިބާ ބްރޯޑްބޭންޑަކާއި 300 ޖީބީ 300 ރުފިޔާ އަށް ލިބޭ ފައިބާ ބްރޯޑްބޭންޑެއް ވަނީ ތައާރަފް ކޮށްފައެވެ.

މި ބޫސްޓާތަކާ އެކު ކަސްޓަމަރުންނަށް ދެ ގުނަ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. ދިރާގުން ބުނީ މިއީ ޗުއްޓީގައި ގޭގައި ހުރެގެން ފޫހިފިލުވާލުމަށް ފިލްމު ސްޓްރީމް ކުރަން ބޭނުން ކުރެވޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ދިރާގު އެޕް މެދުވެރިކޮށް މިނިވަން އުފާ އެޑްއޮން އާއި ބޫސްޓާސް އެކްޓިވޭޓް ކުރެވޭއިރު މި އެޑް އޮން އާއި ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ އެންމެ ފަހު ތާރިޚަކީ މި މަހުގެ 31 ވަަނަ ދުވަހެއެވެ.