ގައުމީ ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައި އޮތްއިރު، ކުރިމަތިލެވޭނީ ޕޯޓަލް މެދުވެރިކޮށްނެވެ.

އޯގަސްޓު އިންޓޭކަށް ހުޅުވައިލީ އައު ތިން ކޯހަކާއެކުއެވެ. އޮގަސްޓް މަހު ފަށަން އިއުލާނުކޮށްފައި ވަނީ ޖުމްލަ 93 ކޯހެކެވެ.

އޭގެ ތެރެއިން އަލަށް މިއަހަރު ހުޅުވާލަން މިހާތަނަށް ނިންމާފައިވާ ދާއިރާތަކަކީ ބެޗްލާ އޮފް އިންޖީނިއަރިން އެންޑް އިލެކްޓްރޯނިކްސް، ޑިޕްލޮމާ އިން މެކޭނިކް އިންޖިނިއަރިންގް، މާސްޓާ އޮފް ސައިންސް އިން ޖިއޯ ސްޕެޝިއަލް ޓެކްނޮލޮޖީ ފޯ ޑިޒާސްޓާ މެނޭޖްމަންޓެވެ. މި ހުރިހާ ކޯހަކުން ހުޅުވާލާފައި ވަނީ ޖުމްލަ 5،400 ޖާގައެވެ.

އެމްއެންޔޫއަކީ ރާއްޖޭގެ މަތީ ތައުލިމުދޭ މަރުކަޒުތަކުގެ ތެެރެއިން އެންމެ ދަރިވަރުން ގިނަ ޔުނިވާސިޓީއެވެ. އަދި އެންމެ ގިނަ ކޯސްތައް ކިޔަވައިދެނީ ވެސް އެ ޔުނިވާސިޓީގައެވެ.

އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ކޮންމެ ސެމިސްޓާއަކު ވެސް ސްކޮޕާޝިޕްތައް ދެއެވެ.