24 Jul 2023, 07:05
މެންޗެސްޓާ ޔުނައިޓެޑުން ހޯދުމަށް މަސައްކަތް ކުރަމުންދާ ޖަރުމަން މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ، ބަޔާން މިއުނިކް ދޫކޮށް ދާން ބޭނުން ނުވާ ކަމަށް އޭނާ ބުނެފިއެވެ.
ދާދި ފަހުން ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ގޮރެޓްޒްކާ، ޔުނައިޓެޑާ ގުޅުމާ ގާތަށް ވަނީ ޖެހިފައެވެ. ނަމަވެސް ބަޔާނަށް އޮތް ލޯބި ހިއްސާކޮށް، ގޮރެޓްޒްކާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
"ބަޔާނަކީ އަހަރެން އެންމެ ލޯބިވާ ކްލަބު. އަހަރެން މި ސިޓީ އަދި ސަޕޯޓަރުން ދެކެ ވެސް ލޯބިވޭ. އަހަރެން މި ކްލަބު ދޫކޮށް ދާކަން ނޫޅެން، އެއީ ދޮގެއް،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ގޮރެޓްޒްކާ ބުންޏެވެ.
ބަޔާން މިއުނިކްގައި މަޑުކުރަން ގޮރެޓްޒްކާ ނިންމުމުން ޔުނައިޓެޑަށް ދެން ޖެހޭނީ އެހެން މިޑްފީލްޑަރެއް ހޯދުމަށް މަސައްކަތްކުރާށެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް އަމާޒު ހިފާފައިވާ ބަޔާންގެ ކޯޗު ތޯމަސް ތުޝެލްއަށް ވެސް ގޮރެޓްޒްކާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެކެވެ.
އުމުރުން 28 އަހަރުގެ ގޮރެޓްޒްކާ، ބަޔާނާ ގުޅުނީ 2019 ވަނަ އަހަރު ޝާލްކޭ އިންނެވެ. މިހާތަނަށް އޭނާ ވަނީ ބަޔާނަށް 120 އަށްވުރެ މެޗު ކުޅެ، 25 ގޯލު ޖަހައިފައެވެ. ޖަރުމަން ގައުމީ ޓީމަށް ވެސް ކުޅެމުންދާ ގޮރެޓްޒްކާ ވަނީ ބަޔާން މިއުނިކާއެކު ފަސް ފަހަރު ޖަރުމަން ބުންޑަލްސްލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.