މިމަހުގެ 26ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ ރިހާސަލަށް މިރޭ ތިން ގަޑިއިރަށް ޖުމްހޫރީ މައިދާން ބަންދުކުރަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އާންމު ދަތުރުފަތުރަށް އެ ސަރަހައްދު ބަންދުކުރަނީ، މިރޭ 08:00 އިން 11:00އަށް ކަމަށެވެ.

މިނިވަން ދުވަހަށް މާލެއާއި އަތޮޅުތެރޭ ރަށްރަށުން ތައްޔާރީތައް ވާއިރު، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން 26 ވަނަ ދުވަހު ހެނދުނު ދިދަނެގުން އޮންނާނެއެވެ.

މީގެ އިތުރުން ގައުމީ އިނާމު ދިނުމާއި ހެވިކަމުގެ ކުޅިވަރުތަކާއި ޕެރޭޑު ވެސް ބާއްވާނެއެވެ.

މިދިޔަ އަހަރު ވެސް މާލޭގައި ވަނީ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މާލޭގައި މިދިޔަ އަހަރު ވަނީ މިލިޓަރީ ޕެރޭޑު ބާއްވާފައެވެ.