މައިބަދައިގެ ޚާއްސަ ޑޮކްޓަރު ޑރ. މުރަލިންދަރަން މާދަމާ އެލައިޓް މެޑިކަލް ސެންޓަރުގައި ބައްލަވާނެއެވެ.

ޑރ. މުރަލިންދަރަންއަކީ ސީނިއާ ކޮންސަލްޓެންޓް ސްޕައިން ސާޖަންއެކެވެ. ސިއްހީ ދާއިރާއަށް 19 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާއިރު 13 އަހަރުވަންދެން އޭނާ ވަނީ ޔޫކޭގެ ނެޝަނަލް ހެލްތު ސާވިސަސްގައި ޚިދުމަތް ކުރައްވާފައެވެ.

މައިބަދައަށް ދިމާވާ ގިނަ މައްސަލަތަކުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މުރަލިންދަރަންއަކީ ދުނިޔޭގެ މަޝްހޫރު ތަންތަނުގެ ބޮޑެތި މީހުންނާއި ކުޑަކުދިންގެ މައިބަދައިގެ މައްސަލަތަކަށް ފަރުވާ ކުރައްވާފައިވާ ޑޮކްޓަރެކެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުގެ ނޮޓިންހަމްގައި ހުންނަ ދުނިޔޭގެ މަޝްހޫރު ސްޕައިން އިންސްޓިޓިއުޓެއް ކަމަށްވާ ކުއީންސް މެޑިކަލް ސެންޓަރުން ގިނަ ތަމްރީނުތަކެއް ދެ އަހަރު ދުވަސްވަންދެން ފުރިހަމަ ކުރައްވާފައެވެ. އެއަށްފަހު، އިންޑިއާގެ ގަންގާ ހޮސްޕިޓަލާއި ޔޫކޭގެ ރޯޔަލް އޯތޮޕެޑިކް ހޮސްޕިޓަލުގެ އެންމެ ފުންނާބު އުސް ސާޖަނުންނާ އެކު މަސައްކަތްކޮށް އެމީހުންގެ ތަޖުރިބާ ވެސް ވަނީ ހޯދާފައެވެ.

ޑރ. މުރަލިންދަރާ ޚާއްސަވަނީ

  • ކަރު، ތޮރަސިކް (ކަނާތު ކޮނޑު) އަދި ލަމްބޮސެކްރަލް ސްޕައިނަލް އަށް ދިމާވާ މައްސަލަތަކަށް ފުރިހަމަ ފަރުވާ ދިނުން

• މިނިމަލީ އިންވޭސިވް ސްޕައިން ސާޖަރީ
• މިނިމަލީ އިންވޭސިވް ލެޓަރަލް އެކްސެސް ލަމްބަރ ސްޕައިން ސާޖަރީއާއި މޯޝަން ޕްރިޒަރވިންގ ލަމްބަރ ޑިސްކް ރިޕްލޭސްމަންޓް
• އެންޑޯސްކޯޕިކް ސްޕައިން ސާޖަރީ
• ރޮބޮޓިކް ސްޕައިން ސާޖަރީ
• ޑިޖެނެރޭޝަން، ފްރެކްޗަރސް، އިންފެކްޝަންސް އަދި ޓިއުމާސް އަށް ކޮމްޕްލެކްސް ސްޕައިނަލް ރިކޮންސްޓްރަކްޝަން
• ޕީޑިއޭޓްރިކް/އެޑަލްޓް ސްޕައިނަލް ޑިފޯމިޓީ އެޑްވާންސްޑް ކަރެކްޝަން
• ސްކޮލިއޯސިސް/ކައިފޯސިސް ކަރެކްޝަން
• ޑައިނަމިކް ނޮން-ފިއުޝަން ސްކޮލިއޯސިސް ކަރެކްޝަން

އީއެމްސީއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ޑރ. މުރަލިންދަރާ ބައްލަވާނީ މާދަމާ ހެނދުނު 9:30 އިން ފެށިގެން ރޭގަނޑު 9:00އަކަށް ކަމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް އީއެމްސީގެ ހޮޓްލައިން 3333505 އަށް ގުޅުމުން ލިބޭނެއެވެ.