ދާދިފަހުން ތަމަޅަ އެކްޓަރު މޯހަން ލާލްގެ ފިލްމަކަށް ސޮއިކުރި ޝަނާޔާ ކަޕޫރު ހިންދީ ސިނަމާއަށް ލޯންޗުކުރާނީ ކަރަން ޖޯހަރުގެ ސިލްސިލާ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިއާ3"އިންކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޝަނާޔާއެކު "ސްޓޫޑަންޓް އޮފް ދަ އިއާ3" ގެނެސްދޭނީ ފިލްމު ސިލްސިލާއެއްގެ ބަދަލުގައި ވެބް ސީރީސްއެއްގޮތަކަށްކަމަށް ކަރަން ނިންމާފައިވާކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވަނީ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅުގެ މިފިލްމު ސްޓްރީމްކުރާނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންކަމަށެވެ.

ފިލްމީ ދާއިރާގައި މިވަގުތު ފައިތިލަ ސާބިތުކޮށްފައިވާ ޒުވާން ތަރިންނަކީ، ކަރަންގެ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިއަ"އިން ހިންދީ ސިނަމާއަށް ތަޢާރަފްވެފައިވާ ފިލްމީ ތަރިންނެވެ. އޭގެތެރޭގައި އިންޑިއާގައި މިވަގުތު އެންމެބޮޑު ޑިމާންޑެއްއޮތް ބަތަލާ އާލިއާ ބަޓް ހިމެނެއެވެ. މީގެ އިތުރުން ބަތަލާ އަނަންޔާ ޕާންޑޭ، ތާރާ ސުތާރިއާ، ސިދާތް މަލްހޯތްރާ އަދި ވަރުން ދަވަންއަކީ މިސިލްސިލާއިން ފިލްމީ ދުނިޔެއަށް ތަޢާރަފްވި ތަރިންނެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިއަ3"ގެ ވެބް ސީރީސް މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވެފައިވާއި މިހާރުކުރިޔަށްދަނީ ފިލްމުގެ ސްކްރިޕޓް ނިންމުމުގެ މަސައްކަތެވެ. ކަރަންގެ މި ފްރެންޗައިޒްއާ ބެހޭގޮތުން ވަކި އެއްޗެއް ބުނެފައިނުވާއިރު މަހެއްގެތެރޭ ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން އާއްމުންނަށް އެނގޭނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޝަނާޔާ ކަރަންގެ ފިލްމަކުން ހިންދީ ސިނަމާއަށް ތަޢާރަފްވާނެ ވާހަކަ ފެންމަތިވެފައިވާއިރު މީގެކުރިންވެސް ޝަނާޔާ ފިލްމީ ދާއިރާއަށް ތަޢާރަފްކުރާނެކަން ކަރަންވަނީ އިއުލާނުކޮށްފައެވެ. އެހެންނަމަވެސް "ބޭދަޅަކް"ގެ ނަމުގައި އިއުލާނުކުރެވުނު ފިލްމެކެވެ.