13:45


ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންތިގާލީ މަރުހަލާ ނިމުމުގެ ކުރިން ދާއިމީ ކުރަން ޖެހޭ ފަނޑިޔާރުންގެ ތެރެއިން ހއ. އަތޮޅުގެ ބައެއް ރަށްރަށުން ޝަރުތު ހަމަވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައެޅުއްވި ފަނޑިޔާރުން ހުވާ ކުރެއްވުމަށް މިއަދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް ދިއްދޫ ބަޔަކު ނުކުމެ ހުރަސްއަޅައިފި އެވެ.


ދިއްދޫން ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ރަށުން ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން އުޅުއްވި ނުވަ ފަނޑިޔާރަކަށް ހުރަސް އެޅީ އެ ރަށުގެ މަދު ބަޔެކެވެ. ނަމަވެސް ފުލުހުންގެ އެހީއާ އެކު އެ ނުވަ ފަނޑިޔާރުން ވަނީ ފުރާވަޑައިގެންފަ އެވެ.