އައިލެންޑް އޭވިއޭޝަން ސަވިސަސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި އެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ މައްޗަންގޮޅީ ކްއާތްރޯ ބަންދު އިބްރާހީމް ސަލީމެވެ. ކުންފުނީގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ ގަލޮޅު އެކްރާ އަބްދުލްހާރިސެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 6704 ހެންވޭރު ފިނިފެން އަބްދުﷲ ޔަޒީދާއި، އައްޑު ސިޓީ ހިތަދޫ ބްލޫވިލާ މުހަންމަދު ލަތީފާއި، ދަފްތަރު ނަންބަރު 1536 އަލްފާލް ހަސަން މުނީރެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، ށ. ކޮމަންޑޫ ހިޔަލީގޭ އަބްދުލްމަތީން އަހްމަދެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަހުދީ އިމާދުގެ އިތުރުން، މައްޗަންގޮޅީ އެނބޫ ޑޮކްޓަރ މުހަންމަދު ޝިހާމް އާދަމާއި، އައްޑުއަތޮޅު ހުޅުދޫ ރިޔާޒް އިބްރާހީމް ޒަކީ އާއި، މާފަންނު މީދުއްފަރު އަހްމަދު ނާސިރާއި، ދަފްތަރު ނަންބަރު 5168 ހުސައިން އަރީފާއި އަދި ހެންވޭރު ތެމާ މުހަންމަދު ޝިޔާމެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ބ. ތުޅާދޫ ހަވީރީނާޒް އަލީ ޝަރީފެވެ. ކުންފުނީގެ މެނެޖިންގް ޑިރެކްޓަރަކަށް ހަމަޖެއްސެވީ، މައްޗަންގޮޅީ އެވާބްރައިޓް ސުހައިލް އަހްމަދެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މައްޗަންގޮޅީ މަނަސް ފަޔާޒް މަންސޫރާއި، ޅ. ހިންނަވަރު އަލިވިލާގޭ މަހްމޫދު ރަމީޒް އަބްދުއްރަހްމާނާއި، ސ. ހިތަދޫ ނޫވިލާގޭ ހަސަން އަލީ ހަބީބާއި އަދި މާފަންނު ޖަވާހިރުވާދީ އައްޝައިޚް އިލްޔާސް ހުސައިން އިބްރާހީމެވެ.