ހދ. ހަނިމާދޫގައި ޑްރައިވިން ޓްރެކެއް އެޅުމުގެ މަސައްކަތް އަމިއްލަ ބަޔަކާއި ހަވާލުކޮށްފިއެވެ.

ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިނެޓް ޕްލަސް ފްރައިވެޓް ލިމިޑެޓާއެވެ.

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ މައުލޫމާތު "ސަން"އަށް ދެއްވަމުން ކައުންސިލް އޮފިޝަލަކު ވިދާޅުވީ މިއީ އެ ކައުންސިލާއި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަވާ މި ޕްރޮޖެކްޓުގެ މަސައްކަތް އެކީ ނިންމާލުމަށް އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ 25 ދުވަސް ކަމަށެވެ.

ހަނިމާދޫގައި މި ވަގުތު ދޫކުރަނީ ސައިކަލް ސައިސަންސް އެކަނިކަން ފާހަގަ ކުރައްވަމުން އޮފިޝަލް ވިދާޅުވީ އަލަށް އަޅައި މި ޓްރެކުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ނިމޭނެ ކަމަށާއި އޭރުން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ރަށުން ދޫކުރަން ފެށޭނެއެވެ.