މުޖުތަމައުގައި އެހީއަށް ބޭނުންވެފައިތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސޫކޫލް 2023" ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.

"ބެކް ޓު ސްކޫލް 2023" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވަފައިތިބި އާއިލާތަކުގެ ތެރެއިން ޚާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެއެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު، ބެ ކް ޓު ސްކޫލް 2023" ޕްރޮގްރާމުގައި މަމްސް އެއިޑް ކެއަރ ލިސްޓުގައި ހިމަނޭ ކީ ސްޓޭޖު 3 އަދި 4 ގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދޭނެއެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައިތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނާޝިޕްގެ މަގްސަދަކީ، އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ޚާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ.