19 Jul 2023, 08:30
އެމެރިކާގެ މަޝްހޫރު އެކްޓްރެސް ލިންޑްސީ ލޯހަން އަލަށް މަންމައަކަށް ވެއްޖެއެވެ.
ހޮލީވުޑްގެ ކްލިސިކް ހިޓް ތައް ކަމަށްވާ "މީން ގާލްސް" އާއި "ފްރީކީ ފްރައިޑޭ" އިން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ލިންޑްސީ އަށް ދަރިއެއް ލިބެން އުޅޭކަން އިއުލާނުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
އޭނާ އާއި އޭނާގެ ފިރިމީހާ ބޭޑާ ޝަމާސް އަށް ދަރިއަކު ލިބިފައިވާ ކަމަށް ހާމަކޮށްފައިވަނީ ލިންޑްސީގެ ރިޕްރެޒެންޓޭޓިވް އެވެ. ދެމަފިރިންނަށް މި ހަފުތާގެ ތެރޭގައި ދަރިއެއް ލިބުނު އިރު ދެމީހުންނަށް ލިބުނީ ފިރިހެން ދަރިއެކެވެ.
ދަރިފުޅާއި މަންމަގެ ހާލު ރަނގަޅު ކަމަށް ރިޕްރެޒެންޓެޓިވް ހާމަކޮށްފައިވެއެވެ. މި ދަރިފުޅަށް "ލުއައީ" ކިޔާއިރު އާއިލާއިން ތިބީ އާ މެމްބަރާއެކު ވަރަށް އުފަލުން ކަމަށް ވެސް މައުލޫމާތު ދެއެވެ.
ލިންޑްސީ އާއި އޭނާގެ ފިރިމީހާ އަށް ފުރަތަމަ ދަރިއަކު ލިބުނުއިރު ދެމީހުން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. ދެމީހުން ވަރަށް ސިއްރު ސިއްރުން ކައިވެނި ކުރުމަށްފަހު ދެމީހުންގެ ކައިވެނި އިއުލާނު ކުރީ ސޯޝަލް މީޑިއާ ޕޯސްޓަކުންނެވެ. އަދި ދުވަހަކު ވެސް އުފާ ވެފައި ނުވާ މިންވަރަށް ލިންޑްސީ މިހާރު އުފަލުން ހުރި ކަމަށް ލިންޑްސީ ބުނެއެވެ.
ވިޔަފާރިވެރިއެއް ކަމަށްވާ ޝަމާސް އާއި ލޯހަން ބައްދަލުވެފައި ވަނީ 2020 ވަނަ އަހަރު ދުބާއީގައި ބޭއްވި ފެސްޓިވަލެއްގެ ތެރެއިންނެވެ. އެއަށް ފަހު ދެ މީހުން އެކަކު އަނެކަކާ ވާހަކަދައްކަން ފަށައި، މާ ގިނަ ދުވަސްތަކެއް ނުވެ ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް ދެމީހުންގެ ގުޅުން ބާއްވާފައިވަނީ މީޑިއާ އާ ވަރަށް ދުރުގައެވެ.