ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންގެ ސެންޓަރ އޮފް މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް)އާއި، ފެކަލްޓީ އޮފް އެޑިއުކޭޝަނުން ގިނަ ކޯސްތަކަކަށް ހުޅުވައިލައިފިއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރު މުހަައްމަދު ޒައިދު ވިދާޅުވީ މިއީ ބޯޓު ފަހަރުގައި މަސައްކަތްކުރަން ބޭނުންވާ ކުދިންނަށް އޮތް ފުރުސަތެއްކަމަށެވެ.

އެންމެ ދަށްވެގެން އޯލެވެލް ތިން ފާސް އޮންނަ ނަމަ ކޯހުގައި ބައިވެރިވެވޭނެކަމަށް ޒައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސީއެމްއެސްއިން ބައިވަރު ކުރު ކޯސްތައް ހިންގަމުން އަންނަކަމަށެވެ. 40 އަށްވުރެ ގިނަ ކޯސް މިހާރު ވެސް ހިންގަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ އެންމެ ޒަމާނީ ވަސީލަތްތައް މި ހުންނަނީ. ސިމިއުލޭޝަން ވެސް އެބަހުރި. އަޅުގަނޑުމެންގެ ލެކްޗަރާއިން ވެސް ހަމަ ވަރަށް އެކްސްޕީރިއަންސްވާނެ. އަޅުގަނޑުމެންގެ ސައިޒުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކުދިންނަށް އެންމެ ރަނގަޅު ލާނިން އެކްސްޕީރިއަންސެއް ދެވޭތޯ،" އޭނާ ވިދާޅުވިއެވެ.

ސީއެމްއެސްއިން މި ޓާމުގައި ވެސް މެރިޓައިމް އޮޕަރޭޝަންސްގެ ސެޓްފިކެޓް ހަތަރެއްގެ ކޯހަށްވަނީ ހުޅުވައިލައިފައެވެ. މިއީ މި ދާއިރާއަށް ވަނުމަށް އެންމެ ފުރަތަމަ ފުރިހަމަކުރަން ޖެހޭ ކޯހެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހުޅުވައިލައިފައިވަނީ 15 ކޯހަކަށެވެ. އެ ކޯސްތަކަކީ:

  1. އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން

  2. އާލީ ޗައިލްޑްހުޑް - ބެޗެލާ އޮފް އެޑިއުކޭޝަން އާލީ ޗައިލްޑްހުޑް - ބެޗެލާ އޮފް ޓީޗިން
  3. ބެޗެލާ އޮފް ޓީޗިން ޕްރައިމަރީ/ ބެޗެލާ އޮފް އެޑިއުކޭޝަން ޕްރައިމަރީ
  4. އިސްލާމް، ގުރުއާންގެ ބެޗެލާ އޮފް ޓީޗިން ޕްރައިމަރީ/ ބެޗެލާ އޮފް އެޑިއުކޭޝަން ޕްރައިމަރީ
  5. ދިވެހި، ލިޓެރޭޗާ ބެޗެލާ އޮފް ޓީޗިން ސެކަންޑަރީ/ ބެޗެލާ އޮފް އެޑިއުކޭޝަން ސެކަންޑަރީ
  6. ހެލްތު އެންޑް ޕީއީ، ބެޗެލާ އޮފް އެޑިއުކޭޝަން/ ބެޗެލާ އޮފް ޓީޗިން
  7. ބެޗެލާ އޮފް އެޑިއުކޭޝަން ސެކަންޑަރީ އިނގިރޭސި / ބެޗެލާ އޮފް އާޓްސް ޓީޗިން އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް
  8. ބެޗެލާ އޮފް ޓީޗިން ސެކަންޑަރީ (އެކައުންޓިން/ ހިސާބު)
  9. ބެޗެލާ އޮފް އެޑިއުކޭޝަން ސެކަންޑަރީ (ބަޔޮލޮޖީ/ ކެމިސްޓްރީ)
  10. ބެޗެލާ އޮފް އެޑިއުކޭޝަން ސެކަންޑަރީ (ބިޒްނަސް / އިކޮނޮމިކްސް)
  11. ބެޗެލާ އޮފް އެޑިއުކޭޝަން ސެކަންޑަރީ (ހިސާބު/ ފިޒިކްސް)
  12. މާސްޓާ އޮފް އެޑިއުކޭޝަން
  13. މާސްޓާ އޮފް އެޑިއުކޭޝަން (ދިވެހި ލޭންގުއޭޖް ޓީޗިން)
  14. މާސްޓާ އޮފް އެޑިއުކޭޝަން (އިންގްލިޝް ލޭންގުއޭޖް ޓީޗިން)
  15. ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަން