އެމްޑީޕީގެ އެންމެ އިސް ލީޑަރު މުހައްމަދު ނަޝީދު ޕާޓީއަށް " ނާޖައިޒް ގޮތުގައި ނުފޫޒު ފޯރުވަމުންދާ ކަމަށްބުނެ އެމްޑީޕީ މިނިވަންކުރުމަށް ގޮވާ މިއަދު ހަވީރު މުޒާހާ އަކަށް ނުކުންނަވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރި އަލްހާނު ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ނަލަހިޔާ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްހާނު ވިދާޅުވީ ޕާޓީގެ އެންމެ އިސްލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް މިއަދު ހަވީރު ބާއްވާ މުޒާހާރާ އަކީ އެމްޑީޕީ ނަޝީދުގެ ނުފޫޒުން ސަލާމަތްކޮށް އެމްޑީޕީ މިނިވަން ކުރުމަށް އަޑުއުފުލުމަށް ބާއްވާ މުޒާހަރާ އެއް ކަމަށެވެ.

"ރައީސް ނަޝީދު ނާޖާޒް ނުފޫޒުތައް މުޅި ޕާޓީގެމައްޗަށް ގަދަވެފައިވާތީ އެ ނުފޫޒުތަކުން އެމްޑީޕީ މިނިވަން ކުރުމަށް ބާއްވާ އެއްވުމެއް" އަލްހާން ވިދާޅުވި އެވެ.

އެނާ ވިދާޅުވީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި އޭނަ ނައިބު ރައީސް ކަމުގެމަގާމުން ދުރުކުރުމުގެ "އެންމެ އަޑީގައި ހުންނެވީ ނަޝީދު" ކަމަށާއި އެމްޑީޕީ އާ ލިޑަރޝިފް އައިސުރެ އެމްޑިޕީއަށް ހުރަސް އަންނަމުންދަނީ ނަޝީދު ބޭނުންވާ މީހުން އެމްޑީޕީގެ ލީޑަޝިޕަށް އިންތިހާބުވެފައި ނެތުމުން ކަމަށެވެ. ނަމަވެސް ޕާޓީ ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގައަޅުގަނޑުމެން އެމްޑީޕީން ބޭރުކޮށްލީމަ އެއްވެސް މީހަކު ހީކޮށްގެން ނުވާނެ އަޅުގަނޑުމެން މަޑުން ތިބޭނެ އޭ،" އަލްހާނު ވިދާޅުވި އެވެ.

ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަލްހާނު ވިދާޅުވީ ވެރިކަން ބަދަލުވި ފަހުން އެމްޑީޕީގެ އޮފީހަށް ނަޝީދު ވަދެވަޑައިނުގަންނަވާ ކަމަށާއި ޕާޓީގެ ކަންކަން ކުރައްވަމުން ގެންދަވަނީ ކެނަރީގައި ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަސައްކަތްތައް ނުކުރެވޭ ގޮތައް ޕާޓީގެ މުޅި އިދާރީ ހިންގުން ނަޝީދު ހައިޖެކް ކޮށްފައި ކަމަށެވެ.

"ރައީސް ނަޝީދު ކެނަރީގޭގައި ހުންނަވައިގެން ކެނަރީގެއަށް މުޅި ޕާޓީ ގެންދަވަނީ މިހާބޮޑު ޕާޓީ އެއް ގެއަށް ގެންދިއުމަކީ ޑިމޮކުރަސީއެއްގައި ގަބޫލު ކުރެވޭނެ ކަމެއްނޫން،" އަލްހާނު ވިދާޅުވި އެވެ. "މާރިޔާ ޕާޓީގެ އިސްތިއުފާ ދެއްވީމަވެސް މި ފެންނަނީ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވީމައިވެސް ޕާޓީގެ މަންމަ އޭ ކިޔައިގެން މަސައްކަތް ކުރާތަން. ޕާޓީގެ މައިދައިތަ އޭ ކިޔައިގެން މިއީ ނައްތާލާފައިވާ ނިޒާމެއް،" އަލްހާނު ވިދާޅުވި އެވެ.

އަދި އެމްޑީޕީގެ ނާއިބު ރައީސް ކަމަށް އަލްހާނު އާ ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު އަހްމަދު އަސްލަމް ހައުސިން މިނިސްޓްރީ ހަލާކު ކޮށްލާފަ ކަމަށްވެސ އަލްހާން މިއަދު ތުހުމަތުކުރެއްވި އެވެ.

އަދި ރައީސް ނަޝީދު އާއި ދެކޮޅަށް އަޑުއުފުލުމުން އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީ މިނިވަންކުރާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.