16 Jul 2023, 21:28
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ކަމަށް އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާގެ ގޮތުގައި 800 އެއްހާ ޝަކުވާ ހުށަހަޅާފައިވާކަމަށް ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ބަންޑާރަ ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފައެވެ.
މިކަމާ ގުޅޭ މައުލޫމާތު 'ސަން' އަށް ދެމުން އަކުރަމް ވިދާޅުވީ، ވަގުތީ ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހަޅާފައިވާއިރު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭ ހުރިހާ ޝަކުވާތަކަށް ޖަވާބު ދޭނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ފައިނަލް ލިސްޓު ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅު: ގުޅިފަޅުގެ ހިއްކާ ސަރަހައްދުން 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވޭ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މާލެ ސަރަޙަށްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މާލޭގެ ރަށްވެހިންނަށް ގޯއްޗާއި ފްލެޓު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި އަމާޒަށް ވާސިލުވުމުގެ ގޮތުން ސަރުކާރުން ގެންދަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅީފަޅާއި ގިިރާވަރު ފަޅު ހިއްކައިގެން ގޯތި ދޭން ނިންމަވާފައެވެ. އެގޮތުން ގުޅިފަޅުން މަދުވެެގެން 2،000 ގޯއްޗާއި ގިރާވަރުފަޅުން ވެސް 2،000 ގޯތި އަދި ހުޅުމާލެއިން ވެސް މަދުވެގެން 2،200 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.