15 Jul 2023, 21:35
ސިނަމާލެ ބުރިޖުގައި ހުރި ލައިޓުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ޓްރެފިކް ބަލަހައްޓަމުން ގެންދާނީ ފުލުހުން ކަމަށް އެ މުއައްސަސާއިން މިއަދު ބުނެފިއެވެ.
ބްރިޖު ލައިޓުތައް ނިވާލީ މިހާރު ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓް ސިސްޓަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާތީއެވެ.
ފުލުހުން ބުނި ގޮތުގައި މި މަސައްކަތް ކުރިޔަށްދާ ވަގުތު ބްރިޖުގެ ޓްރެފިކް ފުލުހުން ބަލަހައްޓަމުން ގެންދާނީ "މެނުއަލް" ކޮށެވެ.
އެހެން ކަމުން ފުލުހުން ވަނީ ބުރިޖުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް، ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައެވެ.
މާލޭގައި ޓްރެފިކް ލައިޓު ހުރި އިރު، އެރޯ ޓްރެފިކް ލައިޓް ސިސްޓަމް ބޭނުން ކޮށްފައި ވެއެވެ. މި ސިސްޓަމްގެ ސަބަބުން ގިނަ ލޭނުތައް އެއް ފަހަރާ ބަންދުވުން ހުއްޓި، ވެހިކަލްތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ފަސޭހަ ވާނެއެވެ.