03 May 2012, 12:12
ގެވެށިއަނިޔާގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ފުރަތަމަ ފަހަރަށް ފިރިމީހާ އަނިޔާކުރަމުން ދިޔަ އަންހެނަކަށް ފުލުހުން ރައްކާތެރިކަން ދީފި އެވެ.
ފުލުހުން ބުނެފައިވަނީ 21 އަހަރުވަންދެން ފިރިމީހާގެ ފަރާތުން އަނިޔާ ލިބެމުންދާ އަންހެނުން އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ފަރާތުން އަންހެން މީހާއަށް ރައްކާތެރިކަމުގެ ކޯޓް އަމުރެއް ނަގައިދީ އޭނާ އަށް ރައްކަތެރިކަންދީފައިވާ ކަމަށެވެ. މިއީ ގެވެށި އަނިޔާގެ ބިލް ގާނޫނަކަށްވީ ފަހުން އެފަދަ ގޮތަކަށް އަންހެނަކަށް ރައްކާތެރިކަމުގެ އަމުރު ނެރެދީގެން އަންހެނަކު އަނިޔާއިން ސަލާމްތަކޮށްދެވުނު ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނެފައިވަނި އެ އަންހެން މީހާއަށް އޭނާގެ ފިރިމީހާގެ ފަރާތުން ތަފާތު އަނިޔާތައް ކުރިމަތިވާތަ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
ގެވެށި އަނިޔާ ހުއްޓުވުމާއި ބެހޭ ގާނޫނުގައި ގެވެށި އަނިޔާކަމަށް ބުނެފައިވަނީ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހުންގެ ތެރެއިން އެކަކު އެގުޅުމުގައި ހިމެނިފައިވާ އަނެކަކާއި ނުވަތަ އަނެކަކުގެ މައްޗަށް ގާނޫނޫގައި ބުނެފައިވާ އަނިޔާގެ އަމަލެއް ހިންގުން ކަމަށެވެ.