03 May 2012, 11:55
ގަވާއިދާ ހިލާފަށް ހއ. އަތޮޅުގޭގެ ހުރި ޑިޝްއެންޓަނާ އެއް އަމިއްލަފަރާތަކަށް ދީފައިވާކަމަށް ބެލެވޭ މައްސަލާގައި އޭރުގެ މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް ފޯ ހޯމް އެފެއާޒުގެ ނައިބު، ދިއްދޫ ޖަރީމާގޭ، އާދަމް ނަސީރުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރެޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނި ހއ. އަތޮޅުގޭގެ ހަރުކޮށްފައި ހުރި 12 ފޫޓްގެ ޑިޝްއެންޓަނާ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ނީލަންކިޔުމެއްނެތި އަމިއްލަ ފަރުދަކަށް ދީފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެކަންކޮށް ފައިވަނީ އެ ދުވަސްވަރު އަތޮޅު އޮފީސް ހިންގެވުމާއި ހަވާލްވެހުންނެވި އާދަމް ނަސީރު ކަމަށެވެ.
"... މިކަމަކީ އާދަމް ނަސީރު އޭނާގެ މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކުރައްވައިގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދައެއް ހޯދައި ދިނުމަށް ކޮށްފައިވާ ކޮރެޕްޝަން ހުއްޓުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އާދަމް ނަސީރުގެމައްޗަށް ދައުވާކުރުމަށް ޝަރީއަތަށް ހުށއެޅުމަށް 15 އެޕްރީލްގައި ވަނި ފޮނުވިފައި،" އޭސީސީގެ ބަޔާނުގައި ވެއެވެ.