07 Aug 2010, 06:11
10:00
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައެއް މަސައްކަތްތައް ނުނިމިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 10:30 އަށް ފަސްކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު ދާދި ދެންމެއަކު ސަންއެފްއެމަށް ވިދާޅުވެ ދެއްވި ގޮތުގައި، އެ ކޮމިޓީގައި މަޝްވަރާތައް މިހާރުވެސް ކުރިއަށް އެބަދެ އެވެ. އަދި މަޝްވަރާތައް ކުރިއަށްދާ ގޮތަށް ބަލައި، ދިހަގަޑި ބައިގައި ޖަލްސާ ބޭއްވޭ ވަރުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނިޔަލަށް ހަމަވާ އިންތިގާލީ މަރުހަލާގެ ކުރިން ވަރަށްގިނަ ކަންތައްތަކެއް ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހެ އެވެ. އޭގެ ތެރޭގައި ސިވިލްސާވިސް ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަންގެ ކަންތައްތައް ނިންމުން ހިމެނެ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނާއި، ސިވިލްސާވިސް ކޮމިޝަންގެ މަސައްކަތް އިއްޔެ ކޮމިޓީން ނިންމާފައި ވީނަމަވެސް ކޮމިޓީން ކުރަންޖެހޭ އެހެން ބައެއް މުއައްސަސާތަކުގެ މަސައްކަތްތައް ރޭ ވަރަށް ދަންވަންދެން ވަނީ ކުރިއަށް ގެންގޮސްފައެވެ.