03 May 2012, 11:44
އެމްޑީޕީގެ ރައީސް ކަމުން ދުރުކުރި ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ ބައްދަލުކުރެއްވުމެއް ރައީސް އޮފީހުގައި ކުރިއަށް އެބަދެ އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ ޑީޑީ ރައީސް އާއި ބައްދަލުކުރައްވަނީ ރައީސްގެ އެދި ވަޑައިގަތުމަކަށް ކަމަށާއި އެ ބައްދަލުވުން މިހާރު ކުރިއަށް އެބަދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ނުދެއްވި އެވެ.
ބައްދަލުވުމަށްފަހު ޑީޑީ ވިދާޅުވީ ތިން ކަމަކާއި ބޭހޭ ގޮތުން ރައީސް އާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އެއީ އިންކުއަރީ ކޮމިޝަންގެ މިނިވަންކަން ކަށަވަރު ކުރުމަށާއި އޯލް ޕާޓީ ޓޯކްސްއަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށާއި ސިޔާސީ ހަލަބޮލިކަން ކުޑަކުރުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް މުހަންމަދު ވަހީދުއްދީން (_ޑީން)ވެސް ބައިވެރިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
(ތަފްސީލް އަންނަނީ)