07 Aug 2010, 06:11
10:00
ތ.ހިރިލަންދޫ އާ ދިމާލު ބޭރުން 50 ފޫޓްގެ ބޮޑު މަހެއް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މަރުވެފައިވާ ބޮޑުމަހެއް ލައްވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ގޮސް އެމަސް ބޭރުކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ވެގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޮޑުމަހުގައި ވާ އައްސައިގެން އެއަތޮޅު އިސްދޫ މުލީގެ އިރުން 10 މޭލު ބޭރަށް މަސްދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.