ބޭންކް އޮފް މޯލަޑްވިސްގެ މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ކުންފުނީގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ މަދަނީ ޖަމިއްޔާއަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މިގޮތުން މާލެ އަދި ރަށްރަށަށް ނިސްބަތްވާ، ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޮމިއުނިޓީ ފަންޑަށް ހުށަަހަޅާ ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ އިސްކަން ދެވޭނީ ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓުތަކަށް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާނީ އެންމެ މޮޅު 10 ޕްރޮޖެކްޓެވެ. އެގޮތުން، ކޮންމެ ޕްރޮޖެކްޓެއްގެ ހަރަކާތްތައް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް 20 ޕްރޮޖެކުޓު ހިންގުމަށް ކޮމިއުނިޓީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ދޭނެ ކަމަށް ބީއެމްލްއިން ވަނީ ބުނެފައެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިންނެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް[email protected]މެދުވެރިކޮށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.