02 May 2012, 16:40
ރާއްޖޭގެ ޝަރުއީ ދާއިރާ ތަރައްގީ ކުރުމަށް ކޮމެންވެލްތް ޖުޑީޝަލް އިންސްޓިއުޓާއި ސުޕްރީމް ކޯޓް ގުޅިގެން ހިންގާ ސެމިނާރެއްގައި ބައިވެރިވެވަޑައިގަތުމަށް ކޮމެންވެލްތް ޖުޑީޝަލް އިންސްޓިއުޓްގެ ރައީސް ޑެނިސް ބައިރޯން އާއި ޗެއަޕާސަން ސެންޑާ އީ އޮކްސްނާ މިއަދު މާލެވަޑައިގެންފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ ނަސަންދުރަ ޕެލަސް ހޮޓަލުގައި އޮންނަ ސެމިނާރުގައި މާލޭގެ ފަސް ކޯޓަކުން 21 ފަނޑިޔާރުން ބައިވެރިވާނެ ކަމަށާއި އެ ސެމިނާރުގައި ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތައް ރާއްޖެ އަށް ތައާރަފު ކުރުމާއި ކޯޓް ހިންގުމުގެ ޒަމާނީ ހުނަރުތައް ދެނެގަތުމާއި ޖުޑީޝަލް އެތިކްސް ފަދަ ދާއިރާތަކުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއް ދުވަހުގެ އެ ސެމިނާރުގައި މައުލޫމާތު ދެއްވާނީ ޑެނިސް އާއި ސެންޑާ އީ އޮކްސްނާ ކަމަށް އެނާ ޖޫޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.