09 Jul 2023, 12:58
މިއީ އިންތިޚާބަކަށް ހެދި ކޯލިޝަންތަކުގެ ތެރެއިން އެންމެ މެންބަރުން ގިނަ، އެންމެ ބޮޑު ކޯލިޝަންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކެމްޕޭން ފެއްޓެވުމަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަރޮއްޓަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، މި ވަގުތު ވެސް އެމްޑީއޭއާއި އަދާލަތު ޕާޓީގައި ރަޖިސްޓަރުކޮށްފައިވާ މެންބަރުން ހިމެނޭހެން ކޯލިޝަންގައި 77،700އަށްވުރެ ގިނަ މެންބަރުން ތިބިކަމަށެވެ.
"މިއީ މިހާތަނަށް ކޯލިޝަނެއްގެ ގޮތުގައި އިންތިޚާބުގައި ނިކުންނާނެ އެންމެ މެންބަރުން ގިނަ ކޯލިޝަން،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު އަންނަންވާއިރަށް 90،000އަށްވުރެ މައްޗަށް އެ އަދަދު އަރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ ރާއްޖެ އިސްލާހުކުރުމުގެ މަސައްކަތް އެމްޑީޕީން ފެށީ މީގެ ގިނަ އަހަރުތަކެއް ކުރިން ކަމަށެވެ. އެ މަސައްކަތުގައި މަރޮށީގެ ރައްޔިތުންގެ ބައިވެރިވުން ވެސް އޮތްކަމަށާއި އެ ދުވަހު ކުރި މަސައްކަތުގެ ބޭނުމަކީ މިއަދު ގައުމުން ފެންނަ ހެޔޮ ބަދަލު ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް މަރޮށީީގެ ރައްޔިތުންނަށް ރައީސްގެ ވައުދުތައް:
ގިރާ ސަރަހައްދު ހިމާޔަތްކުރުން
ރައްޔިތުން އެދުނު ގޮތަށް ބިން ހިއްކައި ބިމާއި، ގޯތި ދޫކުރުން
ސަރުކާރު ހައުސިން ސްކީމުގެ ދަށުން 50 ހައުސިން ޔުނިޓު އަޅައިދިނުން
ރަށުގެ މަގުތައް ހަދައިިދިނުން
އޭޓީއެމްގެ ޚިދުމަތް ރަށުގައި ފަށައިދިނުން
ޒުވާނުންނަށް ބޮޑު ފުުޓުބޯޅަ ދަނޑުގައި ޓާފް އަޅައިދިނުން
ރައީސް ށ. މަރޮއްޓަށް ވަޑައިިގަތުން -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް
ވަކި ރަށެއް ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން މަރޮށި ވެސް 'ރާއްޖޭގެ ޗާޓުގެ ތެރެއަށް އަލުން ވައްދައި' އަސާސީ ޚިދުމަތްތައް ޔަގީންކޮށްދިނުމުގެ މަސައްކަތް މި ރަށުގައި ވެސް ސަރުކާރުން ކުރަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ ނިޒާމު އެންމެ ފުރަތަމަ ގާއިމްކޮށް ކޮންޓްރެކްޓެއްކޮށް ހަވާލުކުރި ރަށަކީ މަރޮށި،" ރައީސް ވިދާޅުވިއެވެ.
އެއާއެކު ވެސް ރައީސް ވަނީ ނަރުދަމާގެ މަސައްކަތް އެންމެ އެކަށީގެންވާ އަވަސް މިނުގައި ކުރިއަށް ގެންދިޔުމުގައި ލަސްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ނަރުދަމާގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށް ޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވުމަށް ޓަކައި ޚާއްޞަ އިސްކަމެއްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަރޮށީގެ ރައްޔިތުން އެދުނު ފަދައިން ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ ރާއްޖެ އިސްލާހުކުރުމުގެ މަސައްކަތް އެމްޑީޕީން ފެށީ މީގެ ގިނަ އަހަރުތަކެއް ކުރިން ކަމަށެވެ. އެ މަސައްކަތުގައި މަރޮށީގެ ރައްޔިތުންގެ ބައިވެރިވުން ވެސް އޮތްކަމަށާއި އެ ދުވަހު ކުރި މަސައްކަތުގެ ބޭނުމަކީ މިއަދު ގައުމުން ފެންނަ ހެޔޮ ބަދަލު ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.