09 Jul 2023, 08:40
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރެއްވުމަށް ޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ށ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެެވެ. މި ރަށް ރަށުގެ ތެރޭގައި ހިމެނެނީ ކޮމަންޑޫ، މަރޮށި، ނޫމަރާގެ އިތުރުން ފޯކައިދުއެވެ.
ކެމްޕޭން ފެށުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ ށ. ކޮމަންޑޫގައެެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، އެ މަނިކުފާނުގެ އަރިހުގައި ސިޔާސީ މަސައްކަތުގައި އުޅުއްވާ ބޭފުޅުން ބައިވެެރިވެވަޑައިގަންނަވައެެވެ.

ށ. އަތޮޅަށް ފުރާވަޑައިގަތުމަށްޓަކައި ރައީސް ޞާލިހް ފްލައިޓްގައި
އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ވެެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ބައިވެރިވެވަޑައިގަންނަވައެވެ.