ފުވައްމުލަކުގައި ރޭ ހިންގި ނުރައްކާތެރި މާރާމާރީއާ ގުޅިގެން ދެމީހުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ ކޮން ތަނަކުންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެމީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މީގެ ކުރިން ބުނީ، ފުވައްމުލަކުގައި ހިންގި އެ މާރަމާރީގެ ރިޕޯޓު ލިބިފައި ވަނީ ރޭ 12:30 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި 36 އަހަރުގެ މީހާއަށް ވަނީ ފުވައްމުލަކު ހޮސްޕިޓަލުން ވަގުތުން ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާ ދިނުމަށް މިއަދު ވަނީ މާލެ ގެނެސްފައެވެ.