08 Jul 2023, 22:49
މާލޭ ކޮމާޝަލް ހާބަރުގެ މަގަތު ފާލަމުގައި އޮތް ބޯޓަކަށް ހުސް ކޮންޓެއިނަރެއް އަރުވަނިކޮށް، އެ ބޯޓުގެ ކެރޭނުގެ ކޭބަލް ކަނޑައިގެން ގޮސްފިއެވެ.
މިއަދު ހިނގި މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނީ، ކޭބަލް ކަނޑައިގެން ދިޔައީ އެމްވީ އަލް ބައިޑާ ނަމަކަށް ކިޔާ ބޯޓެއްގެ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގާކަން ފާހަގަކުރެވެއެވެ.