02 May 2012, 15:24
މިއަދު ފަށަން އޮތް އެފްއޭކަޕް ފުޓްބޯޅަ މުބާރާތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފަށަން ފަސްކޮށްފި އެވެ.
އެފްއޭއެމުގެ މެމްބަރު ހުރިހާ ކުލަބުތަކަށް ވެސް ބައިވެރިވެވޭ މުބާރާތް ލަސްކުރި ސަބަބެއް އެފްއޭއެމުން ނުބުނެ އެވެ.
1988 ވަނަ އަހަރު ތައާރަފް ކުރި މުބާރާތުގައި މި އަހަރު ވެސް ގިނަ ޓީމުތަކަކުން ވާދަ ކުރާއިރު ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް މުބާރާތް ފަށަން ޖެހޭނީ ކުއާޓާ ފައިނަލާ ހަމައިންނެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވީބީ އެވެ.