06 Jul 2023, 12:43
ބަނގުރަލާ އެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ރޭ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެ ކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންނެވެ.
ބަނގުރާ އުފަލަމުން ދިޔަ ކާރު މާލެއަށް އައުމުން، ބްރިޖާއި ހިސާބުން ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން ބުނުމުން ވެސް އެ ކާރު ވަނީ މަޑުނުކޮށް ގޮސްފައެވެ. އަދި, ފިލިގަސް މަގަށް އެ މީހުން ގެންގުޅުނު ކޮތަޅެއް ވެސް ވަނީ އެއްލާލާފައެވެ. އެ ކޮތަޅު ބަލާ ފާސްކުރިއިރު 24 ދަޅު ބަނގުރާ ވަނީ އެއިން ފެނިފައެވެ.
ގަލޮޅު ފުލުހުން އެ ކާރު ފަހަތުން ގޮސް، ކާރު ހުއްޓުވާ އޭގައި ތިބި މީހުން ހައްޔަރުކޮށްފައި ވަނީ ސީގަލް ކަންމަތިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި, މި މައްސަލަ ޑްރަގް އެންފޯސްމަންޓް އަންނަނީ ތަހުޤީޤު ކުރަމުންނެވެ.