05 Jul 2023, 16:50
ރ. އުނގޫފާރުން މާލެއަށް ދަތުރުކުރަމުން އައި ލޯންޗެއްގެ ބެޓެރި ގޮވައި، ހަ މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، މިއަދު 4:00ހާ އިރު ކްރިސްޓަލް ސްޕީޑް ކިޔާ ލޯންޗެއްގައި އެއްޗެއް ގޮވައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ލޯންޗުގައި 39 މީހަކު ތިބި ކަމަށާއި އޭގެ ތެރެއިން ހަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެ ލޯންޗުގައި ތިބި މީހުންގެ އިތުރު ތަފްސީލެއް މިހާތަނަށް ނުލިބޭ ކަމަށާއި އެ މީހުންނަށް އެހީވުމަށް ކޯސްޓްގާޑްގެ ލޯންޗެއް ފުރާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ލޯންޗުގައި އިން މީހަކު "ސަން"އަށް ބުނީ ލޯންޗުގެ ދެ ބެޓެރިއެއް ގޮވާފައިވާ ކަމަށާއި އޭގެ ސަބަބުން 10 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.