03 Jul 2023, 11:36
މާފަންނު ގެޔަކުން ހަތަރު ހޮޅިދަނޑި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ހިއްސާކުރި ޕޯސްޓެއްގައިވަނީ ހޮޅިދަނޑިތަކެއް ގެންދަން އެ ދެ މީހުން މަސައްކަތް ކުރާ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ.
އޭގައިވާ ގޮތުން ފެންނަނީ އެ ވަގުތު ރަތްކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކާއި ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި ދެ މީހަކު ގެއަކުން ހޮޅިދަނޑިތައް ނެރޭ ތަނެވެ.
ހޮޅިދަނޑިތައް ނެރުނީ މާފަންނު އެލައިޓް ފާމަސީ ހިންގާ ގޭގެ ތެރެއިންނެވެ.
ފުލުހުންވަނީ އެ ކަމާ ގުޅޭ، ނުވަތަ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ މާފަންނު ފުލުހުންގެ ހޮޓްލައިން ނަމްބަރު 9660183އަށް ނުވަތަ 3322111އަށް ގުޅުމަށް އެދިފައެވެ.
ވައްކަމާ ފޭރުމުގެ މައްސަލަތައް މި ފަހުން އިތުރުވަމުން އަންނައިރު މިދިޔަ ހުކުރު ދުވަހުވަނީ ވައްކަން ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި، ވައްކަން ކުރަން އުޅުނު މިހާ މަރުވެފައެވެ.
އޭނާ މަރުވީ ހުކުރު ވަގުތު ކަރަންޓު ކޭބަލްތަކެއް ބުރިކޮށްގެން ގެންދަން އުޅުމުގެ ތެރޭގައިކަމަށް ފުލުހުން ބުނެއެވެ.