03 Jul 2023, 01:06
ދިރާގުން 'ބޮޑު ޗުއްޓީ ސޭލް'ގެ ނަމުގައި އެ ކުންފުނީގެ މައި-ފައި ޑިވައިސްއަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ވާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށްވެސް 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. އެގޮތުން ކުރިން 1025އަށް ލިބޭ ޑިވައިސް އެ ޕްރޮމޯޝަންގެ ދަށުން 594 ރުފިޔާއަށް ގަނެވޭނެއެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް ދިރާގުވެބްސައިޓްމެދުވެރިކޮށް މި ޑިވައިސް ގަނެވޭނެއެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންް ކޮންމެ ތާކުން، ކޮންމެ ވަގުތަކު ވެސް މުވާސަލާތީ ގޮތުން ގުޅުވައިދިނުން ކަމަށެވެ.
"އެގޮތުން މި ޚާއްސަ ޕްރޮމޯޝަނާކީ ހުރިހާ ފަރާތްތަކަށްވެސް މި ޗުއްޓީ މޫސުމުގައި ދަތުރުކުރާއިރު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ، ޚާއްޞަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ޖައިޝާން ވިދާޅުވިއެވެ.
ދިރާގުގެ ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެވެބްސައިޓުންލިބޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.