19:45


ވެޑިން އިންޑަސްޓްރީގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބްރައިޑް މޯލްޑިވްސްގެ ނަމުގައި ފެއާއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


 ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބްރައިޑް މޯލްޑިވްސްގެ މެނޭޖަރު އަދި އެޑިޓަރު މުހައްމަދު ޝާފީ ވިދާޅުވީ 25 ސްޓޯލާ އެކު ސެޕްޓެމްބަރު މަހުގެ 28 ން 29 އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ބްރައިޑް މޯލްޑިވިސްގެ ފެއާއިން، އެ މަސައްކަތް މިހާރު ރާއްޖޭގައި ކުރާ މީހުންގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ ކަމަށެވެ. ހަމައެކަނި ރާއްޖޭގައި މި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ދައްކާލާ ގޮތަށް މިފަހަރުގެ ބްރައިޑް ފެއާ ހުޅުވާލި ނަމަވެސް ކުރިއަށް އޮތް ތާނގައި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވާލާނެ ކަމަށް ޝާފީ ވިދާޅުވި އެވެ.  އޭނާ ވިދާޅުވީ ކޮންމެ އަހަރަކު އެއްފަހަރު މިފެއާ ބާއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ފެއާގެ އެއްބައި ބޭއްވުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ޝާފީ ވިދާޅުވި އެވެ.  


ޝާފީ އިތުރަށް ވިދާޅުވީ ވެޑިން ޕްލެނިންގެ މަސައްކަތްތަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ކުރާ މަސައްކަތެއް ކަމަށާއި އަދި އެކަންތައްތައް ކުރާއިރު ހައްލުނުކުރެވޭ މައްސަލަތަކަށް ބްރައިޑް މޯލްޑިވްސް ފެއާއިން ހައްލުކޮށްދެވޭނެ ކަމަށެވެ.