މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މީހާ ފެނިފައިވަނީ، ލޮނުޒިޔާރަތް މަގުގައި ހުންނަ ގެއަކުންނެވެ. މަރުވެފައި އޮއްވައި ފެނިފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ކާރެއްގައި މަރުވިމީހާގެ ހަށިގަނޑު ގެންގޮސްފައިވާއިރު، ފުލުހުން މިހާރު ވަނީ އެ ގެ ކޯޑައުންކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ސަން އާ ވާހަކަދައްކަމުން ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން 13:20 ހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން އެ މީހާ އޭޑީކޭއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ މަރުވިގޮތުން މިހާރު ތަހުގީގުކުރަމުން އަންނަ އަންނަކަމަށެވެ.