29 Jun 2023, 17:26
އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 100 ފޫޓުގެ ބޮޑު ބޯކިބަލެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ފަޅައިފިއެވެ.
އަޟްހާ ޢީދުގެ ބޮޑު ބޯކިބާ ފެޅުން އޮތީ އިއްޔެ ހެނދުނު ޢީދު ނަމާދަށް ފަހުގައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.
ހަރަކާތާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެމުން އެމްއައިބީއިން ބުނީ މިއީ އަޟްހާ ޢީދާ ގުޅިގެން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެންމެން އެއްތަންވެ ސައިބުއިމުގެ ހަރަކާތެއްކުރިއަށް ގެންދިއުމުގެ ގޮތުން ކުރި ކަމެއްކަމަށެވެ.

ދެވަނަ ފިޔަވަހީގަައި ކުޑަކުދިންނަށް ހަދިޔާ ބެހުން -- ފޮޓޯ/ އެމްއައިބީ
ހަރަކާތުގައި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަދިޔާ ބެހުމުގެ ހަރަކާތެއް ވެސް އިއްޔެ އިސްލާމިކް ބޭންކުންވަނީ އެ ވަގުތު ކުރިއަށް ގެންގޮސްފައެވެ.