29 Jun 2023, 09:59
ގިނަ ބައެއްގެ ތަޢުރީފު އެބަތަލާއަކަށް އޮހޭ މަދޫރީއާ ބައްދަލުވިއިރު ހުސްކޮށްހުރިނަމަ ކައިވެންޏަށް އެދެވުނީސްކަމަށް އެކްޓަރު ގޯވިންދާ ބުނެފިއެވެ.
ގޯވިންދާ މި މޭރުމުން ވާހަކަ ދައްކާފައިވަނީ މިހާތަނަށް މަސައްކަތްކުރި ބަތަލާއިންގެތެރެއިން އެންމެ ކަމުދާ ބަތަލާއަކީ ކާކުތޯ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެންނެވެ. ބޮލީވުޑުގް ރީތި އަދި އެންމެ މަޝްހޫރު ކާމިޔާބު ބަތަލާއިންނާއެކު މަސައްކަތް ކޮށްފައިވާ އެކްޓަރު ބުނެފައިވަނީ މަދޫރީ ޑިކްސިޓްއަކީ ޕާސަނަލް ފެވަރިޓްއެއް ކަމަށެވެ.
މަދޫރީއާ ބައްދަލުވިއިރު އަންހެނުން ސުނީތާ ހަޔާތުގައި ނެތްނަމަ ކައިވެންޏަށް އެދެވުނީސް ކަމަށް ގޯވިންދާ ވަނީ ބުނެފައެވެ.
ދާދިފަހުން ބޮލީވުޑް ބަބްލްއިން ކުރި އިންޓަވިއުގެތެރޭގައި ކުރިއަށްދިޔަ ރެޕިޑްފަޔަގައި ގޯވިންދާ ބުނީ މަދޫރީއަށްފަހު ދެން އެންމެ ކަމުދާ ބަތަލާއަކީ ކާމިޔާބު ބަތަލާ ރޭކާ ކަމުގައެވެ.
ގޯވިންދާއަކީ 90އިގެތެރޭގައި ބޮލީވުޑްގައި ވިދާލީ ވަރަށް ގިނަ ބަތަލާއިންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު އެކްޓަރެކެވެ. އޭގެތެރޭގައި، ނީލަމް، ރަވީނާ ޓަންޑަން، ކަރިސްމާ ކަޕޫރު، ޖޫހީ ޗާވްލާ، ސޮނާލީ، އައިޝްވާރްޔާ ރާއި އަދި ރާނީ މުކަރުޖީ ހިމެނެއެވެ. މި ހުރިހާ ބަތަލާއިންނަކީ އެބަތަލާއިންގެ ރީތި ކަމަށް ބަދަލެއް ނާންނަ ހިތްހެޔޮ އަދި މިހާރުވެސް ވަރަށް ގާތް ރަޙްމަތްތެރިންކަމަށް ގޯވިންދާ ވަނީ ބުނެފައެވެ.
ގޯވިންދާ ފިލްމީ ދާއިރާގައި އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ދުވަސްވަރު ބަތަލާ ނީލަމްއާއެކު ލޯބީގެ ގުޅުމެއް އޮތްކަމަށްވެސް އަޑުތައް އެރިއެވެ. އެހެންނަމަވެސް ދެ ތަރިންވެސް މިކަމަށް އިންކާރުކުރެއެވެ.
ގޯވިންދާއާއި އަންހެނުން ސުނީތާގެ ކައިވެނިކުރެވުނީ 1987ގައި ސިއްރިއްޔާތުގައެވެ. އެ ދުވަސްވަރަކީ ގޯވިންދާގެ ފިލްމީ ކެރިއަރު ފެށިތާ ކައިރިކަމަށްވާތީ ދެ މީހުންވެސް ނިންމީ ކައިވެނީގެ ޚަބަރު އާއްމުންނަށް ސިއްރުކޮށްފައިވާ ބޭއްވުމަށެވެ. ގޯވިންދާ އެންމެފަހުން ފެނިފައިވަނީ 2019ވަނަ އަހަރު ނުކުތް "ރަންގީލާ ރާޖާ" ނަމަކަށްކިޔާ ފިލްމަކުންނެވެ.