28 Jun 2023, 17:25
މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް ވަނީ މުޅި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކުންފުނިން ވަނީ މާލެ ސަރަހައްދު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި 'ދިރާގު ޢީދު ބޮނޑިބަތް' ބަހާފައެވެ. މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ކުރިމަތީގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އަރބަންކޯއާ ގުޅިގެންނެވެ.
މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށު އަދި ސިޓީ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން އެކި ރަށްރަށުގައި ތަފާތު އީދު ކުޅިވަރުތަކަށް އެއްބާރުލުންދީފައެވެ.
"'ދިރާގު އީދު ބޯކިބަ' އަކީ ވޭތުވެދިޔަ އީދުތަކުގައިވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ހަރަކާތެއް. އެގޮތުން މިފަހަރުގެ އީދު ބޮނޑިބަތް ހަރަކާތަށްވެސް މި ލިބުނު ހޫނު ތަރުހީބަށް އަޅުގަނޑުމެން ވަރަށް އުފާކުރަން. ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.