28 Jun 2023, 11:06
ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި މެދުއުމުރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ރޭ 5 ޖަހާކަންހާއިރު މަޖީދީމަގު ރެޑްވޭވް ކައިރިން ކަމަށެވެ. ލައިސެންސް ނެތް 22 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލް ޖެހުނީ ހިނގާފައި ދިޔަ 50 އަހަރުގެ ދިވެއްސެއްގެ ގައިގައި ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސްއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.