ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ 'ގެދޮރުވެރިޔާ ސްކީމް' ގެ ދަށުން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފަސޭހަ ކަމާ އެކު ޖޮއިންޓް ރިކުއެސްޓް ފޮނުވޭނެއެވެ.

ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރައްވާނީwww.gedhoruverin.gov.mvމެދުވެރިކޮށެވެ. އެއަށް ފަހު ޕޯޓަލްގެ މެއިން ޕޭޖުގައިވާ "ލޮގިން ކުރައްވާ" ފިތަށް ފިތުމުން ދެން ފެންނަ ސްކްރީން އިން ޚިޔާރު ކުރަން ޖެހޭނީ އީ-ފާސް ލޮގިން އެވެ.

އީ-ފާސް ލޮގިން ޕޭޖުގައި އީ-ފާސް ހެދުމަށް ބޭނުންކުރި ޔޫސާނޭމް އަދި ޕާސްވޯޑް ޖެހުމަށް ފަހު ލޮގިން ވެވޭނެއެވެ. ޕޯޓަލްއަށް ލޮގިން ކުރުމަށް ފަހު ކުރިން ހުށަހެޅި އެޕްލިކޭޝަންއަށް ފިތުމުން އެ ފޯމްގެ ސްޓޭޓަސް ފެންނާނެއެވެ.

ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް ޝަރުތު ހަމަވާނަމަ ރިކުއެސްޓް ފޮނުވުމަށް ހާއްސަ ކުރެވިފައިވާ ބައި ޕޭޖުން ފެންނާނެއެވެ. އޭގެ އިތުރުން، ޖޮއިންޓް ރިކުއެސްޓް ފޮނުވޭ އުސޫލު ވެސް އެ ޕޭޖުން ފެންނާނެއެވެ.

ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް "ޖޮއިންޓް ރިކުއެސްޓް ފޮނުއްވާ" އެ ފިތަށް ފިތުމަށް ފަހު ރިކުއެސްޓް ފޮނުއްވުމަށް ބޭނުންވާ މީހެއްގެ އައިޑީ ކާޑު ނަންބަރު ޖަހަން ޖެހޭނެއެވެ. އެއަށް ފަހު އޭގެ ތިރީގައިވާ ޑްރޮޕް މެނޫއިން އެ މީހަކާ އޮންނަ ގުޅުން ޚިޔާރު ކުރުމަށް ފަހު އެޕްލިކޭޝަން ސަބްމިޓް ކުރެވޭނެއެވެ.

މި މަރުހަލާގައި ޖޮއިންޓް އެޕްލިކަންޓުންގެ ގޮތުގައި ބައިވެރި ކުރެވޭނީ، ވަގުތީ ލިސްޓުގައި "ޝަރުތު ހަމަވޭ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ސްޓޭޓަސްގައި އޮތް، ބިންބެރިޔާ އުސޫލުގައި ބުނާ ފަދަ ގުޅުމެއް އޮންނަ ފަރާތްތަކާ އެކަންޏެވެ.

ބިންވެރިޔާ އުސޫލުގައި ބުނާ ފަދަ ޖޮއިންޓްވުމުގެ ޝަރުތުހަމަވާ ފަރާތެއް ވަގުތީ ލިސްޓްގެ "ޝަރުތުހަމަވޭ، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ސްޓޭޓަސްގައި ނެތް ނަމަ އިތުރު މީހަކާ ޖޮއިންޓްވާކަށް ނުޖެހޭނެއެވެ.

އެ މީހުން އިތުރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެ މީހުންނަކީ ވެސް ފަހުން ތަރުތީބު ކުރާ ގޯތި ލިބޭ ލިސްޓްގައި ހިމެނޭނެ މީހުންނެވެ.